އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު ބޭއްވުމަށް ނިންމައިފިއެވެ.

އުރީދޫން އިއްޔެ ބުނި ގޮތުގައި މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަދި މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މިދިޔަ އަހަރުގެ ފެބްރުއަރީ 18 ގެ މެންދުރު 2:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނިފައިވާ ފަރާތްތަކަށް ކަމަށެވެ.

އުރީދޫން ބުނީ އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް މި އާންމު ޖަލަސާގައި ބައިވެރިވެގެން ވެސް، ފާސްކުރުމަށް ހުށަހަޅާފައިވާ ކަންކަމަށް ވޯޓު ދެވޭނެ ކަމަށެވެ.

އުރީދޫން އިތުރަށް ބުނީ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ މިމަހުގެ 22 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ވެބްސައިޓު، http://www.ooredoo.mv/investors/ ގައި ޝާއިއު ކުރާނެ ކަމަށެވެ. މި ނޯޓިސް މެދުވެރިކޮށް ޖަލްސާ ބާއްވާނެ ތާރީހާއި ގަޑި އާއި ތަނާއި އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތު ވެސް އާންމު ކުރާނެ ކަމަށް ބުންޏެވެ.