މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށާއި ބޯޑު ޑިރެކްޓަރުގެ މަގާމަށް ހ. ހަބަރުގޭ، މުހައްމަދު ރިޝްވާން އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ރިޝްވާން އައްޔަންކުރީ މިއަދު ކަމަށެވެ.

ރިޝްވާނަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ޑީސީޕީ)ގެ މަގާމު ފުރުއްވެވި ބޭފުޅެކެވެ. އަދި ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި އޭނާ ވަނީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމުވެސް ފުރުއްވައިފައެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހިމް މި މަހުގެ ދެ ވަނަ ދުވަހު މަގާމުން ވަކިކުރުމުންނެވެ.