މައްސަލައެއް ދިމާވެ މުޅި މާލެ އިން ކަރަންޓް ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ދެންމެ ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި މާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

މުޅި މާލެއިން ކަރަންޓް ކެނޑިފައިވަނީ މިއަދު 11:40 ހާއިރެވެ. ނަމަވެސް މުޅި މާލެއިން ކަރަންޓް ކެނޑިފައިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ސާފެއް ނޫނެވެ.