ހއ. ހޯރަފުށީގައި ގާއިމުކުރި ޖުވެނައިލް ޖަސްޓިސް ޔުނިޓް، ހާފްވޭ ހައުސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
ހއ. އަތޮޅުގެ ރަށްތަކައް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ވަނީ ހޯރަފުށްޓަށް ވަޑައިގެންފައެވެ. އަދި މިއަދު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ ހޯރަފުށީގައި ގާއިމުކުރި ހާފްވޭ ހައުސް ހުޅުވައިދެއްވައިފައެވެ.
ޖުވެނައިލް ހާފްވޭ އޮފީސް ރަސްމީކޮށް ރައީސް ހުޅުވައިދެއްވިއިރު އެ މަނިކުފާނުގެ އަރިހުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ބައިވެރިވެވަޑައިގެންނެވިއެވެ. އެތަން ހުޅުވައިދެއްވުމަށް ރައީސް ވަނީ އެތަނުގެ ދިދަ ނަންގަވައިދެއްވައިފައެވެ. އަދި ވަނީ އެތަން ބައްލަވައިލައްވައިފައެވެ.
ހޯރަފުށި ޖުވެނައިލް ހާފްވޭގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިންނެވެ. އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެއީ 6.1 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި ތަނެކެވެ.
ހޯމްލޭންޑް މިނިސްޓްރީން މިއަދު ބުނީ ހޯރަފުށީގައި ގާއިމުކުރި އެ ހާފްވޭ ހައުސްއަކީ އަތޮޅުތެރޭގައި ގާއިމު ކުރި ފުރަތަމަ ޖުވެނައިލް ހާފްވޭ ހައުސް ކަމަށެވެ. އެތަން ބަލަހައްޓާނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިންކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު