މާލެ ގެއެއްގެ ވައިގޮޅިއެއް ތެރެއަށް ވެއްޓުނު މީހަކަށް ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ މާލެ މައްޗަންގޮޅި ގެއެއްގެ ވައިގޮޅީގެ ތެރޭގައި މީހަކު ވެއްޓި ތާށިވެފައި އޮތް ކަމުގެ މައުލޫމާތު މިއަދު 7:40 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ފުލުހުންނާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ އެހީތެރިކަމާ އެކު އެމީހާ ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި އެމީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް އެއީ ކޮން އުމުރެއްގެ މީހެއް ކަމެއް އަދި އެމީހާއަށް ލިބިފައިވަނީ ކޮން ކަހަލަ އަނިޔާތަކެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެމީހާއަށް ލިބުނު އަނިޔާތަކުގެ މައުލޫމާތު ސާފުކުރުމަށް އައިޖީއެމްއެޗްއަށް ގުޅުމުން، ފޯނަށް ޖަވާބު ދީފައެއް ނުވެއެވެ.

ޕޮލިހުން އަންނަނީ އެ ހާދިސާ އާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.