އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ކޮންމެ ތިން ދުވަހަކުން އަގުހުރި އާ ސައިކަލެއް ލިބޭ ޕްރޮމޯޝަން ނިމިއްޖެއެވެ.

އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ 60 ޕަސަންޓު ކަވަރުކުރާ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކެވެ.

އުރީދޫން ބުނިގޮތުގައި މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމު، ހޮންޑާ ރިބެލްގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ އިބްރާހިމް އަފްރާހެވެ. އޭނާއަށް ވަނީ ހުޅުމާލެ ރުއްގަނޑުގައި ބޭއްވި ކުލަގަދަ ޝޯއެއްގައި 2024 ވަނަ އަހަރުގެ ރިބެލް 300 (ކަޅު) ސައިކަލެއް ހަވާލުކޮށްފައެވެ. މި ޕްރޮމޯޝަނުގައި އުރީދޫގެ 30 ކަސްޓަމަރަކަށް 30 ސައިކަލު ވަނީ ދޫކޮށްފައެވެ.

  • • އެއާ ބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
  • • އެއާ ބްލޭޑް 160 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
  • • ޕީސީއެކްސް 160 (ކަޅު ކުލަ)
  • އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
  • އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހި ދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
  • އުރީދޫގެ އެކްޓިވް ކަސްޓަމަރަކަށްވުން.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ހުޅުވާލީ 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރާ ކަސްޓަމަރުންނަށެވެ. އޭގެ އިތުރުން އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުންގެ ތެރެއިން 400 ރުފިޔާ އިން މަތިން ބިލު ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރާ ކަސްޓަމަރުންނަށް އެ ފުރުސަތު އޮތެވެ. އަދި ފުރުސަތު އޮތީ އުރީދޫގެ އެކްޓިވް ކަސްޓަމަރުންނަށެވެ.

މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ.