އައްޑޫ ސިޓީގެ މަތިކިޅި އިކޯގާޑެންގެ ޗަސްބިމުގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ އެ ސަރަހައްދުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:30 ހާއިރު ކަމަށެވެ.
އައްޑޫ ހުޅުދޫ މަތިކިޅި ޗަސްބިމުގައި ރޯވެފައިވާ އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ އަލިފާން، ފަޔާ ފައިޓަރުން ހަރަކާތްތެރިވެ މިރޭ 9:50 ހާއިރު ނިއްވާލާފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާގައި މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ކަށަވަރުވެފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު