އުމުރާއަށް މީހުން ގެންދާނެ ކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ނެގި މައްސަަލައިގައި ބައެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، މި މައްސަލައަކީ މިދިޔަ 2024 ވަނަ އަހަރު އުމުރާއަށް މީހުން ގެންދާނެ ކަމަށްބުނެ 27 މީހުންގެ އަތުން 500000 ރުފިޔާއަށްވުރެ ގިނަ ފައިސާ ނަގައި މަކަރާއި ހީލަތް ހަދައި ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައެއް ކަމަށެވެ.

މި މައްސަލައިގައި ދައުވާކުރަނީ މަޝްއަރު ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުނީގެ ވެރިޔާ ކ. މާލެ / މ. ހަވީރީފިނި އަލީ ފާރިޝްގެ މައްޗަށް ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން މި މައްސަލައިގައި ޓްރިއާ ޕްރައިވެޓް ލިމިޓެޑާއި ހާފްޓޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.