ފިލްމީ ދާއިރާގެ އާ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން އުރީދޫން އާ ކެމްޕެއިނެއް ފަށައިފިއެވެ.
އުރީދޫން މިއަދު ބުނީ އެ ކުންފުނީގެ ވަރުގަދަ ނެޓްވޯކް ދައްކުވައިދޭ ކުރު، ހިތްގައިމު އިޝްތިހާރުތަކަކާއެކު ލޯންޗުކުރި ކެމްޕޭނުގެ އެ އިޝްތިހާރުތަކުގައި އެ ކުންފުނީގެ ހިދުމަތް ލިބުމުގައި އާންމުންނަށް ދިމާވާ ބައެއް ދަތިތައް މަޖާ ކެރެކްޓާއެއްގެ ޒަރީއާއިން ފެނި، އުރީދޫގެ ސޮލިއުޝަން ފެނިގެންދާނެ ކަމަށެވެ. އަދި އެ ކެމްޕެއިންގައި ރައްޔިތުންނަށް އާންމުކޮށް ދިމާވާ ކަނެކްޓިވިޓީގެ މައްސަލަތައް މަޖާ ގޮތަކަށް ގެނެސްދީފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މި ކެމްޕެއިންގެ މައިގަނޑު އަސާސް އަދި އުޅޭ ކެރެކްޓަރު ތައްޔާރު ކޮށްފައިވަނީ ފިލްމީ ދާއިރާގެ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން. އޭއައިގެ އާ ފެންވަރު ރަނގަޅު ޕްރޮސްތެޓިކްސްގެ އެހީގައި ތަރައްގީކޮށްފައިވާ މި ކެރެކްޓާތަކުން ކަނެކްޓިވިޓީގެ މައްސަލަތައް ދިމާވާ ސަބަބުތައް ރަމްޒުކޮށްދެނީ މަޖާ، އަދި މުނިފޫހިފިލުވައިދޭ ގޮތަކަށް،" އުރީދޫން ބުންޏެވެ.
އުރީދޫން ބުނީ އެ ކެރެކްޓާތަކަކީ އެ ކުންފުނީގެ މެސްކޮޓްތަކެއް ނޫން ކަމަށާއި އެއީ ނެޓްވޯކްގެ ތަޖުރިބާ ދަށްވުމުން މާޔޫސްކަން މަޖާކޮށް ދައްކުވައިދިނުމަށް ބޭނުންކޮށްފައިވާ ކެރެކްޓާތަކެއް ކަމަށެވެ. އަދި އެއީ ގޭމެއްގެ ތެރޭގައި ފަހަތަށް ޖެހުން ނުވަތަ ވީޑިއޯ ކޯލެއްގެ އެންމެ މުހިންމު ވަގުތުގައި ބަފަރިން ކުރުން ދައްކުވައިދޭ ކެރެކަޓާތަކެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އެ ކެމްޕެއިން ސިލްސިލާގެ ފުރަތަމަ އިޝްތިހާރު ގޭމިން ކޮމިއުނިޓީއަށް ހާއްސަ ކޮށްފައިވާ އިރު، އުރީދޫ އަކީ އެންމެ ރަނގަޅު ތަޖުރިބާއެއް ލިބޭ ގޭމިން ނެޓްވޯކްކަން ސިފަކޮށްދޭނެ ކަމަށާއި ގޭމް ކުޅޭ ފަރާތްތަކަށް ތައްޔާރުކޮށްފައިވާ އެ ކުންފުނީގެ ހާއްސަ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާއެކު އުރީދޫން ވަނީ ގޭމިން އިތުރު ހަރުފަތަކަށް ގެންގޮސްދޭ ކަނެކްޓިވިޓީ އެކްސްޕީރިއަންސެއް ފޯރުކޮށްދީފައި ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އުރީދޫން އިތުރަށް ބުނީ ކޮންމެ މާކެޓެއްގައި ވެސް މަގުބޫލު ލޯކަލް އިންފްލުއެންސަރުން ހިމަނައިގެން އުފައްދާފައިވާ އެ އިޝްތިހާރުތަކުގައި ދައްކުވައިދޭ ދަތިތައް ހައްލުކުރުމަށް "ހީރޯ"ގެ ގޮތުގައި އެ ކުންފުނި ނުކުމެފައިވާ ކަމަށެވެ.
އެ ކެމްޕެއިނާ ގުޅޭގޮތުން އުރީދޫގެ ގްރޫޕް ޗީފް ކޮންސިއުމާ އޮފިސަރު ބިލާލް ކަޒްމީ ވިދާޅުވީ ކަނެކްޓިވިޓީއަކީ މުނިފޫހިފިލުވުމާއި މަސައްކަތާއި ދިރިއުޅުމުގެ މައިބަދައަކަށް ވެގެންދާ އިރު، އުރީދޫން އަންނަނީ ރަނގަޅު ނެޓްވޯކް ތަޖުރިބާއެއް ލިބުމުގެ މާނަ ދައްކުވައިދެމުން ކަމަށެވެ.
"މި ކެމްޕޭނަކީ އުރީދޫގެ ނެޓްވޯކު ބޭނުންކުރުމުން ކަސްޓަމަރުންނަށް ލިބިދޭ ފަސޭހަ ދައްކުވައިދީ، މުނިފޫހިފިލުވުމާއި މައުލޫމާތު ލިބޭ ގޮތަށް ބެލުންތެރިންނާ ގުޅާލެވޭ ކެމްޕޭނެއް،" އޭނާ ވިދާޅުވިއެވެ.
ބިލާލް އިތުރަށް ވިދާޅުވީ އެ އިޝްތިހާރު ސީރީޒްގެ ކުރިއަށް ހުރި ބައިތަކުގައި ފެނިގެންދާ ކޮންމެ އިޝްތިހާރަކީ ވެސް އުރީދޫގެ ކަސްޓަމަރުން މާޔޫސްކަން ދޫކޮށްލައި މެދުކެނޑުމެއްނެތި ކަނެކްޓިވިޓީ އާއި ތަފާތު ފުރިހަމަ ތަޖުރިބާއެއް އުރީދޫއާއެކު ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދާނެ އިޝްތިހާރަކަށް ވާނެ ކަމަށެވެ.
އެ ކެމްޕެއިންގައި އުރީދޫގެ އީޖާދީ، ޒަމާނީ ސޮލިއުޝަން އަދި ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި "ކަސްޓަމާ ފަސްޓް އެޕްރޯޗް"އެއް ބޭނުންކުރުމަށް ކުރާ މަސައްކަތް ފާހަގަކުރެވޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު