މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް 12 އަތޮޅަކަށް ވައިޓް އެލާޓް އަދި އަދި ހަ އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނީ ޔެލޯ އެލާޓް ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ކަމަށެވެ. މެޓުން ބުނީ އެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު 10:45 އިން ފެށިގެން 14:30 އާ ހަމައަށް ކަަމަށެވެ.

"ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ،" މެޓުން ބުންޏެވެ.

މެޓް އޮފީހުން މިއަދު ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް 12 އަތޮޅަށް ވައިޓް އެލާޓް ވެސް ނެރެފައެވެ.

ވައިޓް އެލާޓް ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ކަމަށް މެޓުން ބުންޏެވެ. އެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ 8:30 އިން ފެށިގެން 14:30 އާ ހަމައަށް ކަމަށް މެޓުން ބުންޏެވެ.

އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރައި އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.