އާސެނަލްގެ ޖަރުމަނު ފޯވަޑް ކައި ހަވާޓްސްއާއި އޭނާގެ އަންހެނުންނަށް އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް ފުރައްސާރަކުރި ކުއްޖަކު ހައްޔަރުކޮށްފިއެވެ.
އުމުރުން 17 އަހަރުގެ ކުއްޖަކު ހައްޔަރުކުރިކަން ސެއިންޓް އަލްބަންސްއިން ހާޓްފޯޑްޝިއާ ޕޮލިހުން ވަނީ ޔަގީންކޮށްދީފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަވާޓްސްއަށް ފުރައްސާރަކުރީ އާސެނަލުން އެފްއޭ ކަޕްގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނުފަހުންނެވެ.
އެ މެޗުގައި ހަވާޓްސްއަށް ލިބުނު ހުސް ފުރުސަތެއް އޭނާ އަތުން ބޭކާރުވެގެން ދިޔުމާއެކު ބައެއް ސަޕޯޓަރުން ވަނީ ހަވާޓްސްއަށް ގެއްލުން ދޭނެ ކަމަށް ބުނެ މެސެޖު ކޮށްފައެވެ. ހަވާޓްސްގެ އަންހެނުންނާއި އަންހެނުންގެ ބަނޑުގައި އޮތް ދަރިފުޅަށްވެސް ގެއްލުން ދޭނެ ކަމަށް ބުނެ ބައެއް ސަޕޯޓަރުން އިންޒާރު ދިން ކަމަށް ހަވާޓްސްގެ އަންހެނުން ސޯފިއާ ބުނެފައިވެއެވެ.
އުމުރުން 25 އަހަރުގެ ފޯވަޑް ހަވާޓްސްއާއި އަންހެނުން ސޯފިއާ ލޯބީގެ ގޮތުން ގުޅުނީ 2018 ވަނަ އަހަރުއެވެ. މިދިޔަ އަހަރު ދެމީހުން ކައިވެނިކޮށްފައިވާ އިރު، އަންހެނުން ބަނޑުބޮޑުކަން އިއުލާނުކުރީ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ހަވާޓްސްގެ އާއިލާއަށް ކުރިމަތިވި ފުރައްސާރައާއެކު އާސެނަލް ކޯޗު މިކޭލް އާޓެޓާ ބުނީ އެއީ ލަދުވެތި ކަމެއް ކަމަށެވެ.
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް