ތުރުކީގެ ހޮޓަލެއްގައި ރޯވެ 66 މީހަކު މަރުވެއްޖެއެވެ.
ތުރުކީގެ މަޝްހޫރު ސްކައި ރިސޯޓް ހޮޓަލެއް ކަމަށްވާ ގްރޭންޑް ކާޓަލް ހޮޓަލުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލު ކުރުމަށް 12 ގަޑިއިރު ހޭދަވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
މިއަދު ހިނގި އެ ހާދިސާގައި އެ ހޮޓަލުގެ 12 ވަނަ ފަންގިފިލާގައި ރޯވި އަލިފާންގަނޑު ފެތުރި މުޅި އިމާރާތުގައި ވަނީ ރޯވެފައެވެ.
އަލިފާން ރޯވިއިރު ހޮޓަލުގައި 234 މީހުން ތިބި ކަމަށާއި މިހާތަނަށް 66 މީހަކު މަރުވެފައިވާއިރު ގިނަ ބަޔަކަށް އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
ގިނަ މީހުން މަރުވެފައިވަނީ ސަލާމަތް ވުމަށް ކުޑަދޮރުތަކުން ފުންމާލައިގެންނާއި އަލިފާންގަނޑު ފެތުރިގެން ދިޔަމިންވަރު އަވަސްކަމުން ކޮޓަރިތަކުގައި ތާށިވެގެން ކަމަށް އޮފިޝަލުން ބުނެއެވެ.
ހާދިސާ ހިނގި ގޮތް ހޯދުމަށް ތަހުގީގު ފަށާފައިވާއިރު އެ ހާދިސާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ހޮޓަލުގެ ވެރިޔާވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ