ސޮނާލީ ބެންޑްރޭ އޭނާގެ ރީތި ހަން ދެމެހެއްޓުމަށް ބަރޯސާވަނީ 'ޖާދޫއީ' ނީމް ހިމެނޭ އިންޑިއާގެ އާދަކާދައިގެ ހަމުގެ ފަރުވާގެ ބާވަތްތަކަށެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި، މި އެކްޓްރެސް ވަނީ އޭނާގެ ޒީނަތްތެރިކަމުގެ ސިއްރުތައް ހިއްސާކޮށްފައެވެ. އޭނާ ބުނެފައިވަނީ ދުވާލަކު ދެފަހަރު ނީމްގެ ބާވަތްތަކުން އޭނާގެ ހަން ސާފުކުރާ ކަމަށެވެ. ކޮންމެ ދުވަހަކު ކަސްރަތުކުރުމަކީ ވެސް ހަމުގެ މަތީ ފަށަލަ ރަނގަޅަށް ދެމެހެއްޓުމަށް އެހީވާ ކަމެއްކަމަށެވެ.

ސޮނާލީ ބުނީ އިންޑިއާ މީހުނަށް ނީމްގެ އަގު އެނގޭނެކަމަށެވެ. އޭނާ ބޮޑުވެފައިވަނީ ނީމްގެ ޖާދޫ އެނގިގެން ކަމަށާއި ނީމްގައި އެތައް ބައިވަރު ރަނގަޅު ކަންތައްތަކެއް ހުންނަ ކަމަށެވެ. އެއީ ހަމައެކަނި ބަލިތަކަކަށް ނޫނެވެ. ހަމަށް ވެސް ފައިދާހުރި ކަންތައްތަކެވެ. ހާއްސަކޮށް ހޫނު އަދި ތެތްކަން ބޮޑު މޫސުމުގައި، ނީމް ވަރަށް ރަނގަޅަށް މަސައްކަތްކުރެއެވެ.

ސޮނާލީ އޭނާގެ ހަމުގެ ފަރުވާއާ ބެހޭ ގޮތުން ބުނެފައިވަނީ، އަބަދުވެސް (ހަން) ސާފުކުރުމަކީ އެންމެ މުހިންމު މަސައްކަތް ކަމަށެވެ. ހަން ސާފުކުރުމުގައި ވަރަށް ބޮޑަށް ސަމާލުކަން ދޭކަމަށްވެސް އޭނާ ބުންޏެވެ. ކަނީ ސިއްހަތަށް ފައިދާހުރި ކާނާއެވެ. އަދި އެކަން އޭނާގެ ހަމުން ވެސް ފެނެއެވެ. މާ ގިނަ އަދި ފެންސީ ޕްރޮޑަކްޓްސް ބޭނުން ނުކުރާކަމަށްވެސް އޭނާ ބުންޏެވެ. ސާދާކޮށް ހުންނަ އެއްޗެހި ރަނގަޅެވެ. އެއްފަހަރު ޕްރޮޑަކްޓެއް ކަމުދިޔައިމާ، އޭގައި ހިފަހައްޓާކަމަށް ސޮނާލީ ބުނެފައިވެއެވެ.

ދުވަހުގެ އާދަތަކުގެ ތެރެއަށް ނީމް ވައްދައިގެން، ސޮނާލީ ފަދައިން ދުޅަހެޔޮ ހަމެއް ހޯދިދާނެއެވެ. އެގޮތުން ނީމް ފޭސް ޕެކެއް، ޓޯނަރެއް ނުވަތަ ތެޔޮ ނުވަތަ ސައިބޯނި ބޭނުންކޮށްގެން ނީމް ހަމުގެ ފަރުވާގެ ތެރޭގައި ބޭނުން ކުރެވިދާނެއެވެ.

ނީމް އަކީ އޭގެ ގިނަގުނަ ފައިދާހުރި ސިފަތަކަށް ޓަކައި 'އަޖައިބު ގަސް' ގެ ގޮތުގައި ވެސް ރިފަރކުރެވިފައިވާ އެއްޗެކެވެ. އޭގައި 130 އާ ހަމައަށް ތަފާތު ބައޮލޮޖިކަލީ އެކްޓިވް ކޮމްޕައުންޑްތައް ހިމެނެއެވެ. މި ކޮމްޕައުންޑްތަކުން ހަން، އިސްތަށި އަދި ލޭ ފަދަ ހަށިގަނޑުގެ އެކި ބައިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ.

ދަ ހިމާލަޔާ ޑްރަގް ކޮމްޕެނީގެ އާޔުރްވޭދަ މާހިރު ޑރ. ހަރިޕްރަސާދް ވަނީ ނީމްގައި ހުންނަ ހަމަށް ފައިދާކުރާ ސިފަތަކާ ބެހޭ ގޮތުން ތަފްސީލުކޮށްދީފައެވެ.

ޑރ. ހަރިޕްރަސާދް ބުނި ގޮތުގައި، އާޔުވޭދާގައި އާންމުކޮށް އެނގިފައިވާ ގޮތުން ނީމަކީ މޫނުގައި ނުކުންނަ ޕޯސްތަކާ ދެކޮޅަށް ވަރަށް ހަރުދަނާ ގޮތެއްގައި މަސައްކަތްކުރާ އެއްޗެކެވެ. އަދި އެއީ ގުދުރަތީ ގޮތުން ރީތި، އުޖާލާ ހަމަކަށް މަގުފަހިކޮށްދޭ އެއްޗެކެވެ. ބިހި ނުކުމެ އަދި ތެޔޮ ހަމެއްގެ މައްސަލަ ދިމާވެފައިވާ ނަމަ ނީމްގައި ހުންނަ އެންޓި-ބެކްޓީރިއަލް ސިފަތަކުން ބިހި ނުވަތަ ބްލެކް އަދި ވައިޓްހެޑްސްއަަސް ރަނގަޅު އަސަރުކުރެއެވެ.

ނީމް އަކީ ހިތި ގަހެވެ. މި ގަހުގެ އޮށާއި ފަތް ފަދަ ބާވަތްތަކަކީ ދިވެހި ބޭސްވެރިކަމުގެ ތެރޭގައި ބޭނުންކުރާ، މުއްސަނދި ބާވަތްތަކެކެވެ.