ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓުން ޗައިނާއަށް ކުރާ ދަތުރުތަކުގެ އަގުތައް އާންމުކޮށް ބުކިންއަށް ހުޅުވާލައިފިއެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި އެ އެއާލައިންގެ ވައިޑް-ބޮޑީ މަތިންދާބޯޓުން ޗައިނާއަށް ދަތުރުތައް ފަށާނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.
- ޗައިނާގެ ޗެންގްޑޫ - 22 ޖެނުއަރީ (668 ޑޮލަރު، ދެކޮޅު ޓިކެޓް)
- ޗައިނާގެ ބެއިޖިން - 24 ޖެނުއަރީ (788 ޑޮލަރު، ދެކޮޅު ޓިކެޓް)
- ޗައިނާގެ ޝެންހާއީ- 27 ޖެނުއަރީ (777 ޑޮލަރު، ދެކޮޅު ޓިކެޓް)
މޯލްޑިވިއަން އިން ބުނީ، ޗެންގްޑޫއަށް މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް އެ އަގުގައި ދަތުރުކުރެވޭނެއެވެ. ބެއިޖިންއަށް މި މަހުގެ 24 އިން ފެށިގެން އަންނަ މަހުގެ އެއް ވަނަ ދުވަހަށް އަދި ޝެންހާއީއަށްވެސް މި މަހުގެ 27 އިން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށް އެ އަގުގައި ދަތުރުކުރެވޭނެ ކަމަށް ބުންޏެވެ.
މޯލްޑިވިއަން އިން ގެނައި ވައިޑް ބޮޑީ މަތިންދާބޯޓަކީ ތިން ކުލާހެއްގެ 264 ގޮނޑި ހުންނަ ބޯޓެކެވެ. އެއީ ބިޒްނަސް ކުލާހުގައި 18 ގޮނޑި، ފްރިމިއަމް އެކޮނަމީގައި 36 ގޮނޑި އަދި އިކޮނޮމީ ކުލާހުގައި 210 ގޮނޑިއެވެ. އެ ބޯޓުގައި ދިހަ ޓަނުގެ ކާގޯވެސް އުފުލޭނެއެވެ.
މޯލްޑިވިއަންގެ އާ މަތިންދާބޯޓު އޭ-330 ރާއްޖެ އަށް ގެނައީ މިމަހުގެ ހަ ވަނަ ދުވަހު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު