އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް މުހައްމަދު ޒާހިދު ދަފުތަރު ނަމްބަރު ރސ. 1548، އާއި އަބްދުއްރަހްމާން ސަލާހް ރަޝީދު، ރޯޒް، ކ. ހުރާ، އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނަށް މި ދެބޭފުޅުން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގައެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި މުހައްމަދު ޒާހިދާއި ސަލާހް ރަޝީދު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރަން ރުހުން ދިނުމަށް ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރަން މަޖިލީހުން ފާސްކުރި ޒާހިދު ވަނީ މީގެކުރިން ހިއުމަންރައިޓްސް ކޮމިޝަނުގެ މެންބަރުކަމާއި ނައިބު ރައީސްކަން ވެސް ކުރައްވައިފައެވެ. އަދި އަބްދުއްރަހްމާން ވަނީ އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓާ ކަމުގެ މަގާމާއި އެކްޓިން ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމުގެ އިތުރުން ހޯމް މިނިސްޓްރީގެ ޒިންމާދާރުވެރިޔާކަމުގެ މަގާމުވެސް އަދާކުރައްވައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ދެ މެންބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތާއި، ކޮމިޝަންގެ މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު