އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް އަހުމަދު ނާޝިދު މ. ގޯލްޑަން މޫން، އާއި އާސިޔާ އަޒީމާ ރ. ހުޅުދުއްފާރު ރޯޒްވިލާ، އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އޭސީސީން ހުސްވެފައިވާ ދެ މަގާމަށް ނާޝިދު އާއި އާސިޔާ އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު، މަޖިލިސް ތަޅުމަށް އިއްވަވައި ދެއްވީ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ އެވެ.
އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މަޖިިލިސް ރައީސް ފޮނުއްވެވިއެވެ.
އޭސީސީއަށް އައްޔަން ކުރަން ފޮނުއްވި ނާޝިދަކީ 2021 ވަނަ އަހަރުން ފެށިގެން ޕޮލިސް ބޯޑުގެ މެންބަރެއްގެ ގޮތުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް މި ސަރުކާރުން ވަނީ އޭނާ ވަކިކޮށްފައެވެ.
އާސިޔާ މީގެ ކުރީން ވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސްކަމާއި މަޖިލީހުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމު ފުރުއްވައިފައެވެ.
އޭސީސީން ދެ މެންބަރުންގެ މަގާމު ހުސްވީ، ކޮމިޝަންގެ ނައިބު ރައީސް އަބްދުލްސަލާމާއި މެންބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމުންނެވެ. އެ ދެ މެންބަރުން އިސްތިއުފާ ދެއްވީ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއްކޮށް، މެންބަރުކަމުން ވަކިކުރަން މަޖިލީހުގެ ކޮމެޓީން ފާސްކޮށްފައިވަނިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު