ސުްޕްރީމް ކޯޓުގެ މި އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލަވާލައިފިއެވެ.
މި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ޝަނީޒު އަބްދުﷲގެ އިތުރުން ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދެވެ.
އިސްތިއުނާފު މަޖިލީހަކީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ ނިންމުންތަކުގެ ތެރެއިން ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެ ނޫން ނިންމުންތައް އިސްތިއުނާފުކުރާ މަޖިލީހެވެ.
އެ މަޖިލީހަކީ އުއްތަމަ ފަނޑިޔާރާއި ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުން ނުހިމެނޭ ގޮތަށް ތިން ފަނޑިޔާރުންގެ މައްޗަށް އެކުލަވާލަންޖެހޭ މަޖިލީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު