އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގެ، ފުރަތަމަ ލެގުގައި ނިއުކާސަލްއިން އާސެނަލް ބަލިކޮށްފިއެވެ.
ލީގު ކަޕްގެ ސެމީގައި ހޯމް އެންޑް އަވޭ ލެގެއް ކުޅޭ އިރު، ރޭ އާސެނަލް ދަނޑުގައި ނިއުކާސަލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. ނިއުކާސަލްއިން މިހާތަނަށް ލީގު ކަޕް ކާމިޔާބު ކޮށްފައި ނުވާއިރު، މި ސީޒަނުގެ ފައިނަލަށް ދަތުރުކޮށްފިނަމަ، އެ ފައިނަލް ވެގެންދާނީ މިދިޔަ ތިން ސީޒަނުގައި އެޓީމުން ކުޅޭ ދެވަނަ ލީގު ކަޕް ފައިނަލަށެވެ.
ރޭގެ މެޗަށް ނުކުތްއިރު އާސެނަލަކީ ފެވަރިޓުން ނަމަވެސް، ހާފު ނިމުމުގެ ކުރިން ފުރަތަމަ ލީޑު ނެގީ ނިއުކާސަލްއިންނެވެ. 37 ވަނަ މިނެޓުގައި ނިއުކާސަލްއިން ލީޑު ނެގީ އެލެކްސެންޑާ އިސާކް ޖެހި ގޯލުންނެވެ. އޭނާ ސީޒަނުގައި ކުޅުނު 15 މެޗުން 14 ގޯލު ޖަހާފައިވާ އިރު، ރޭގެ ގޯލު ޖެހީ ޖަކޮބް މާފީގެ ޕާހަކުން އާސެނަލް ކީޕަރު ޑޭވިޑް ރާޔާ ބޯމަތިން ބޯޅަ ޗިޕް ކޮށްލައިގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ނިއުކާސަލްއިން ދެވަނަ ގޯލެއްވެސް ޖެހިއެވެ. މެޗުގެ 51 ވަނަ މިނެޓުގައި އެންތަނީ ގޯޑަން ޖެހި ގޯލަކީ އިސާކްގެ ޝޮޓުން ރާޔާ އަތުގައި ޖެހިފައި ލިބުނު ރީބައުންސް ބޯޅައިގައި ޖެހި ގޯލެކެވެ.
އާސެނަލްގެ ފުރުސަތުތަކަށް ބަލާ އިރު، ގެބްރިއަލް މާޓިނެލީގެ ހަމަލާއެއް ދަނޑިއަށް އަމާޒުވުމުގެ އިތުރުން ޖުރިއެން ޓިމްބާއާއި ވިލިއަން ސަލީބާ އަތުން ގެއްލުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ.
އާސެނަލާއި ނިއުކާސަލް، ނިއުކާސަލް ދަނޑުގައި ކުޅޭ ދެވަނަ ލެގު އޮންނާނީ އަންނަ މަހު ފަސްވަނަ ދުވަހުއެވެ. ލީގު ކަޕް ސެމީގެ ދެވަނަ މެޗުގެ ފުރަތަމަ ލެގުގައި މިރޭ ލިވަޕޫލުން ޓޮޓެންހަމްއާ ދެކޮޅަށް ނުކުންނާނެއެވެ.
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް