ސްޕެނިޝް ކޮޕާ ޑެލް ރޭގެ ގަދަ 32 ޓީމުގެ ބުރުގައި ރޭ ކުޅުނު މެޗުގައި ހަތަރު ވަނަ ޑިވިޝަނުގެ ޑެޕޮޓީވާ މިނޭރާ ބަލިކޮށް، ރެއާލް މެޑްރިޑުން ގަދަ 16 އިން ފުރުސަތު ހޯދައިފިއެވެ.
ރަށުން ބޭރުގައި ރެއާލުން ރޭ ކުޅުނު މެޗަށް ނުކުތީ މުހިއްމު ބައެއް ކުޅުންތެރިން ނުހިމަނައެވެ. އެގޮތުން ކިލިއަން އެމްބާޕޭއާއި ވިނީޝިއަސް ޖޫނިއާގެ އިތުރުން ޖޫޑް ބެލިންހަމްއާއި އޮރެލިއަން ޗުއަމެނީ އަދި ރޮޑްރީގޯއަށްވެސް ފުރަތަމަ 11 އިން ފުރުސަތު ދީފައެއް ނުވެއެވެ.
އެ ކުޅުންތެރިންނާ ނުލައިވެސް ރެއާލުން ރޭ 5-0 އިން މޮޅުވެފައިވާ އިރު، ޒުވާން ކުޅުންތެރިޔާ އާދާ ގުލާ، މޮޅަށް ކުޅުނެވެ. އޭނާ ދެ ގޯލު ޖަހާފައިވާ އިރު، އެޓީމުގެ ފުރަތަމަ ގޯލު ޖެހީ ފެޑެރީކޯ ވަލްވާޑޭއެވެ. އެއީ ވޮލީއަކުން ޖެހި ގޯލެކެވެ.
އޭގެފަހުން 13 ވަނަ މިނެޓުގައި އެޑުއާޑޯ ކަމަވިންގާ ގޯލު ޖެހި އިރު، 28 ވަނަ މިނެޓުގައި ގުލާ ގޯލު ޖެހީ ވަލްވާޑޭގެ ބޯޅައަކުންނެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ލޫކާ މޮޑްރިޗް ޖެހި ގޯލުން ރެއާލް އިތުރަށް ލީޑު ފުޅާކުރި އިރު، ގުލާ އޭނާގެ ދެވަނަ ގޯލު ޖެހީ 88 ވަނަ މިނެޓުގައެވެ.
ރެއާލުން މިހާތަނަށް 20 ފަހަރު ކޮޕާ ޑެލް ރޭ ކާމިޔާބުކޮށްފައިވާ އިރު، އެންމެފަހުން ފަހަރު އެޓީމު ކުއާޓާއިން ކެޓީ އެތުލެޓިކޯ މެޑްރިޑް ކައިރިން ބަލިވެގެގްނެނެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް