މާލޭގެ ގަލޮޅުގައި ހުންނަ ގެއެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ އަލިފާން ރޯވެފައިވަނީ ގ. އުފުރިޔާ ހަވަނަ ފަންގިފިލާގައި ކަމަށެވެ.

އެ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔާ އެންޑް ރެސްކިޔު ސާވިސް އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވާ "ވަން"ގެ ނޫސްވެރިޔާ ބުނީ ރޯވެފައިވަނީ ގަލޮޅު އިހުސާން ފިހާރަ ހުންނަ އިމާރާތުގެ ހަވަނަ ފަންގިފިލާގައި ކަމަށާއި މިހާރު އަލިފާން ކޮންޓްރޯލުކޮށްފައިވާ ކަމަށެވެ.

އެ އަލިފާނުގެ ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް އަދި ސާފެއް ނުވެއެވެ.