ސައުދީ އަރަބިއްޔާއިން، ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ރާއްޖެއަށް ގެނެސްފިއެވެ.

މިއީ ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ސައުދީން ހަދިޔާކުރާ ކަދުރެވެ.

ސަރުކާރުގެ ހަބަރުތައް ގެންނަ "ސަރުކާރު. އެމްވީ" ގައި ބުނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ރޭގެ ވަގުތެއްގައި ސައުދީން ހަދިޔާކުރި 50 ޓަނުގެ ކަދުރު ލިބިފައިވާކަން ހާމަކޮށްފައި ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ ރޯދައިގެ ކުރިން ކަދުރުތައް ގެތަކަށް ބަހައި ނިންމުމަށެވެ.

ސައުދީ ސަރުކާރުން މިދިޔަ އަހަރު ވެސް އަދި އޭގެ ކުރީ އަހަރު ވެސް ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ 50 ޓަނުގެ ކަދުރެވެ.