އުރީދޫ މޯލްޑިވްސް އެމް-ފައިސާ ކަސްޓަމަރުންނަށް "މެޓަ ކުއެސްޓް 3 ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫން މިއަދު ނެރުނު ބަޔާނުގައި ބުނީ ޑިޖިޓަލް ވޮލެޓް ޕްލެޓްފޯމް އެމް-ފައިސާ އިން ދެ މަސް ދުވަހުގެ ހާއްސަ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށާއި އެ ޕްރޮމޯޝަނާއެކު އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް މެޓަ ކުއެސްޓް ތިނެއް ކާމިޔާބުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ޔުޓިލިޓީ ބިލު ދެއްކުމާއި މާޗަންޓް ޓްރާންސެކްޝަންތަކަށް މިމަހުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް 1،500 ރުފިޔާ އާއި އެއަށްވުރެ މަތިން އެމް-ފައިސާ މެދުވެރިކޮށް މުއާމަލާތްކުރާ ކަސްޓަމަރުން އޮޓޯއިން ލަކީ ޑްރޯގައި ހިމެނޭނެ ކަމަށް އުރީދޫން ބުންޏެވެ.

އޭގެ އިތުރުންވެސް ކަރަންޓު ބިލު، ފެން ބިލު، މީޑިއާނެޓް ފަދަ ބިލުތަކަށް އެމް-ފައިސާ މެދުވެރިކޮށް ކޮންމެތަނަކު، ކޮންމެ ވަގުތަކުވެސް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ކަމަށެވެ. ޔޫޓިލިޓީ ބިލުތައް ދެއްކުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މަގުބޫލު ކެފޭ، ރެސްޓޯރެންޓް އަދި ފިހާރަތަކުން ވެސް ކަސްޓަމަރުންނަށް އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ބިލަށް ފައިސާ ދެއްކޭނެ ކަމަށާއި އެމް-ފައިސާ އަށް ރެޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކަށް އުރީދޫ އެޕް މެދުވެރިކޮށް ރެޖިސްޓާ ވެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫން ބުނީ އުރީދޫ އެޕް ޑައުންލޯޑް ކުރުމަށް ފަހު http://ore.do/mf އިން އެމް-ފައިސާ ހިޔާރުކޮށް ރަޖިސްޓްރޭޝަނަށް ފިތާލުމަށްފަހު އެކައުންޓް އެކްޓިވޭޓް ކުރުމަށް ބޭނުންވާ ތަފްސީލުތައް ފުރިހަމަކުރުމުން ފޯނަށް ލިބޭ އޯޓީޕީ ޖެހުމުން ހަތަރު ޑިޖިޓްގެ ޕިން އެއް ސެޓް ކުރެވޭނެ ކަމަށެވެ. އެއަށްފަހު މޮބައިލް ނަމްބަރާއި ހަތަރު ޑިޖިޓްގެ ޕިން ޖަހަންޖެހޭނެ ކަމަށްވެސް އުރީދޫން ބުންޏެވެ.

އެމް-ފައިސާގެ ފަސޭހަކަމާއި ހާއްސަ އޮފާތަކުގެ ބޭނުން ހިފުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް އެ ހިދުމަތް ބޭނުން ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.