ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ރޭ ހިނގައިފިއެވެ.

ރޭ ދަންވަރު އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރީތި ރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން އެ ރިސޯޓުގެ ވިލާއެއްގައި ރޯވި އަލިފާންގަނޑު ރިސޯޓުގެ މުވައްޒަފުން ވަނީ ކޮންޓްރޯލުކޮށް، ނިއްވާލައިފައި ކަމަށް ބުންޏެވެ.

އެ ހާދިސާގައި މީހަކަށް ގެއްލުމެއް ވެފައި ނުވި ނަމަވެސް، ވިލާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން ފުރާޅު ވަނީ އެއްކޮށް އަނދައިފައެވެ.