ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ 5ޖީ ނެޓްވޯކްގެ ހަލުވި ސްޕީޑުގައި އަންލިމިޓެޑް ޑޭޓާ ހިމެނޭހެން ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މުޅިން އާ އެޑް-އޮންތަކެއް އުރީދޫ މޯލްޑިވްސްއިން ތައާރަފުކޮށްފިއެވެ.
- ޕަވާސްޕީޑް ޕްރޯ: އެންމެ 125 ރުފިޔާއަށް ހަލުވި ސްޕީޑްގައި އަންލިމިޓެޑް ޑޭޓާ އަދި ކޯލް، 25 ގަޑިއިރަށް
- ޕަވާސްޕީޑް: 25 ޖީބީ ޑޭޓާ އަދި އުރީދޫ ކޯލްތައް އެންމެ 25 ރުފިޔާއަށް، 60 ގަޑިއިރަށް
މި އާ 5ޖީ އެޑް-އޮންތަކުގެ އިތުރުން، އުރީދޫ މޯލްޑިވްސް އިން ވަނީ ބޮޑެތި ޑޭޓާ އާއެކު މިނޫންވެސް އާ އަހަރުގެ އޮފާތައް ތައާރަފުކޮށްފައެވެ. އެގޮތުން؛
- 175 ޖީބީއާ ހަމައަށް ބޯނަސް ޑޭޓާ ހިމެނޭ އާޗާ ޕްރޕެއިޑް، އުރީދޫ ޑޭޓާ އަދި މަގޭ ޕްލޭންތައް
- 150 ޖީބީ އެންމެ 150 ރުފިޔާއަށް ލިބޭ ބޮޑު ޗުއްޓީ ޕެކް، ފަސް ދުވަހަށް
- ދިގު މުއްދަތަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އާޗާ ޕްލޭންތަކާއެކު 12 މަހަށް، ހަ މަހަށް އަދި ތިން މަހަށް ކޮންމެ ދުވަހަކު ޑޭޓާ ލިބޭ ޕްލޭންތައް
އާ އަހަރާ ގުޅުވައިގެން އުރީދޫން ތައާރަފުކުރި މި އޮފާތަކަށް އަންނަ މަހުގެ ނިޔަލަށް އެދެވޭނެއެވެ. މި އެޑްއޮންތައް އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެއެވެ: https://ore.do/app
ޚަބަރު
ޚަބަރު
ޚަބަރު