މާދަމާ އަކީ އުރީދޫ މޯލްޑިވްސް އިން ފެށި "ކޮންމެ ތިން ދުވަހަކުން ސައިކަލު ލިބޭ" ޕްރޮމޯޝަންގެ އެންމެ ފަހު ދުވަސް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫން މިއަދު ބުނީ މަހުގެ ބޮޑު އިނާމު ކަމަށްވާ ޕީސީއެކްސް160 (ކަޅު ކުލަ) އަދި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމު ކަމަށްވާ ރެބެލް 300 (ކަޅު) ސައިކަލު ހޯދުމުގެ ފުރުސަތު ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށާއި ނަސީބުވެރިންގެ ތެރޭގައި ހިމެނުމަށް މާދަމާގެ ނިޔަލަށް އެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށެވެ.

  • އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށްވުރެ މަތިން ބިލު ދައްކައި، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
  • އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލު ދައްކައި، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
  • އުރީދޫގެ އެކްޓިވް ކަސްޓަމަރަކަށްވުން

އެ ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގައި އުރީދޫގެ ކަސްޓަމަރުންނަށް ޖުމުލަ 30 ސައިކަލު ލިބިގެންދާނެއެވެ.