އިޓަލީ ލީގުގައި ރޭ ލާޒިއޯއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް، އެޓަލާންޓާއިން އެއްވަނައިގައި އަހަރު ނިންމާލައިފިއެވެ.
ރޭ ލާޒިއޯ ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވެފައިވާ އިރު، އެޓަލާންޓާ އެއްވަނައިގައި އޮތީ 18 މެޗުން 41 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އިންޓަ މިލާނުން ރޭ ކުޅުނު މެޗުގައި ކަގްލިއަރީ ކައިރިން 3-0 އިން މޮޅުވި އިރު، 17 މެޗުން އެޓީމަށް ވަނީ 40 ޕޮއިންޓް ލިބިފައެވެ.
ރޭގެ މެޗުގެ ކުރީކޮޅުގައި ލާޒިއޯއިން މެޗު ޑޮމިނޭޓްކޮށްގެން ކުޅެމުން ގޮސްފައިވާ އިރު، 27 ވަނަ މިނެޓުގައި އެޓީމުން ލީޑުވެސް ނެގިއެވެ. ނިކޯލޯ ރޮވޭލާ މެދުތެރެއިން ދުއްވާލި ބޯޅަ ގޯލަށް ވައްދާލީ ފިސާޔޯ ޑެލެ-ބަޝީރު އެވެ.
ދެވަނަ ހާފަށް ނުކުމެ ރަނގަޅު ރޫހެއްގައި ކުޅެމުންދިޔަ އެޓަލާންޓާއިން މެޗު އެއްވަރުކުރީ ފަހުވަގުތުގައެވެ. އެޓީމަށް ގޯލު ޖަހައިދިނީ ބްރެސިއާނީއެވެ. އެއީ އަޑެމޯލާ ލުކްމަން ދުއްްވާލި ޕާހަކުން އޭނާ ކާމިޔާބުކުރި ފަސޭހަ ގޯލެކެވެ.
ޖިއާން ޕިއޭރޯ ގަސްޕެރީނީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އެޓަލާންޓާއިން މިދިޔަ ސީޒަނުން ފެށިގެން ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ އިރު، އެޓީމަކީ އެންމެފަހުގެ ޔޫރޮޕާ ލީގު ޗެމްޕިއަނުންނެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ