އިއްޔެ އަވަހާރަވި، އިންޑިއާގެ ކުރީގެ ބޮޑުވަޒީރު، ޑރ. މަންމޯހަން ސިންގުގެ ލީޑަޝިޕާއި ސިޔާސަތުތައް ސައުތު އޭޝިއާގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ، މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން، ކުރެއްވި ތައުޒިޔާގެ ޕޯސްޓެއްގަ އެވެ.
އެކްސްގައި، ރައީސް ކުރެއްވި އެ ޕޯސްޓުގައި ވިދާޅުވީ، މި ހިތާމައިގައި ދިވެހިރާއްޖޭގެ ރައްޔިތުންނާއި އެ މަނިކުފާނު، އިންޑިއާގެ ރައްޔިތުންނާ އެކު ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
ރައީސްގެ މެސެޖުގައި ވަނީ މަންމޯހަން ސިންގް ރާއްޖެއަށް 2011 ވަނަ އަހަރުގެ ނޮވެމްބަރުގައި ކުރެއްވި ދަތުރުފުޅުގެ ވާހަކަ ހިއްސާކުރައްވައިފައެވެ.
"ބޮޑު ވަޒީރު މަންމޯހަން ސިންގުގެ އެ ދަތުރުފުޅަކީ، ދިވެހިރާއްޖެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީގައި ކުރިޔަށް ދިއުމަށް އެޅުނު ތާރީޚީ، މުހިންމު ފިޔަވަޅެއް." ރައީސް ޑރ. މުއިއްޒުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ރައީސްގެ ޕޯސްޓު ނިންމަވައިލައްވައިފައިވަނީ، މި ހިތާމަވެރި ވަގުތުގައި، ޑރ. މަންމޯހަން ސިންގުގެ އާއިލާއަށާއި އިންޑިއާގެ ރައްޔިތުންނަށް ތައުޒިޔާ ދަންނަވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު