އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ އަވަހާރަވެއްޖެއެވެ.
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ އަވަހާރަވެފައިވަނީ އުމުރުފުޅުން 92 އަހަރުގައި އާލާސްކަންފުޅާ އުޅުއްވުމަށްފަހުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުން އިންޑިއާ ގަޑިން މިރޭ 8:00 ހާއިރު މަންމޯހަން ސިންގގެ ހާލުކޮޅު ދެރަވެ، އިމަޖެންސީގައި ވެރިރަށް ދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސްގައި ފަރުވާދެމުން ދަނިކޮށެވެ.
މަންމޯހަން ސިންގ އަވަހާރަވީ ސަބަބު އަދި މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވާ އިރު، އާއިލާއާއި އިންޑިއާގެ ސިޔާސީ ފަރާތްތަކުން ވަނީ ހޮސްޕިޓަލަށް ވަޑައިގެންފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މަންމޯހަން ސިންގ ވަނީ އިންޑިއާގެ ފިނޭންސް މިނިސްޓަރު ކަމުގައި 1991 އިން ފެށިގެން 1996 ވަނަ އަހަރު ހިދުމަތް ކުރައްވައިފައެވެ. އޭގެ އިތުރުން 2004 އިން ފެށިގެން އިންޑިއާގެ ބޮޑުވަޒީރުކަމުގެ ދެ ދައުރު ފުރިހަމަކުރައްވައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ