ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޕްރޮޖެކްޓް އޮފީހުން ވަގަށް ނެގި ފަސް ލެޕްޓޮޕްތައް ހޯދައިފިއެވެ.
އެޗްޑީސީން ހިޔާނާތުގެ ތެރެއިން ބިމާއި ފްލެޓް ދިން ކަމަށް ތުހުމަތު ކުރެވޭ ބޮޑެތި މައްސަލަތަކެއްގެ ތަހުގީގު ކުރިއަށް ދަނިކޮށް، އެ ލެޕްޓޮޕްތައް ވަގަށް ނެގީ ހުޅުމާލޭ ފޭސް ދޭއްގައި މިހާރު ހިމެނޭ ފަރުކޮޅުފުށީގައި ހުންނަ އެޗްޑީސީގެ ޕްރޮޖެކްޓް އޮފީހުންނެވެ.
އެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ އެ ވަގުތު ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައެވެ.
ފުލުހުން މިރޭ ބުނީ، އެ ފަސް ލެޕްޓޮޕްވެސް މިހާރު ހޯދާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު