ބްރެޒިލްގައި ފްލައިޓެއް ވެއްޓި 10 މީހުން މަރުވެއްޖެއެވެ.
ބްރެޒިލްގައި ފަތުރުވެރިކަމަށް މަޝްހޫރު ގްރަމާޑޯ ސިޓީ އަށް އެފްލައިޓު ވެއްޓިފައިވަނީ އެސިޓީގެ މެދުގައި އޮންނަ ކާރޫބާރޫ ބޮޑު ސަރަހައްދަކަށް ކަމަށް އޮފިޝަލުން ބުނެއެވެ.
އިއްޔެ ހިނގި އެހާދިސާގައި ވެއްޓުނު ކުޑަ ފްލައިޓުން ދަތުރުކުރި އެންމެން މަރުވެފައިވާބ ކަމަށް ބްރެޒިލްގެ ސިވިލް ޑިފެންސް އޮފިޝަލުން ބުނެއެވެ.
ފްލައިޓު ވެއްޓުނު ސަރަހައްދުގައި އެވަގުތު އުޅުނު މީހުންގެ ތެރެއިން 15 މީހެއްގެ ހާލު ދެރަވެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެމީހުންގެ ތެރޭގައި ގިނައީ ފްލައިޓު ވެއްޓުމުން ރޯވި އަލިފާނުގެ ދުމުގެ އަސަރު ކުރި މީހުން ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.
ފްލައިޓު ވެއްޓެން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގު ފަށާފައިވާއިރު މިހާތަނަށް އޮފިޝަލުން ވަނީ ފްލައިޓު ވެއްޓުމުގެ ކުރިން އެސިޓީގައި ހުންނަ އުސް އިމާރާތެއްގެ ދުން ހޮޅީގައި ޖެހުުނު ކަމަށް ބުނެފައެވެ. އެއަށްފަހު ފްލައިޓު ޖެހިގެން ހުރި އިމާރާތުގައި ޖެހި ވެއްޓުނީ ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ