ހުޅުމާލެއިން ދިރިއުޅުމުގެ ބޭނުމަށް ވިއްކުމަށް އިއުލާންކޮށްފައިވާ ބައެއް ބިންތައް ބިޑް އުސޫލާ ހިލާފަށް ވިއްކައިފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގުކޮށްފިއެވެ.
ހުޅުމާލޭގެ ބައެއް ބިންތައް ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ބިޑް ކުރުމެއް ނެތި އަގުހެޔޮކޮށް ވިއްކައިފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ ތުހުމަތުކޮށްފައެވެ.
އެކަމާ ގުޅިގެން އެޗްޑީސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލެއިން ބިން ވިއްކައިފައިވަނީ އާންމުކޮށް އިއުލާނުކޮށް، ހުޅުވާލެވިފައިވާ ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ކަމަށެވެ. އަދި ބިން ގަތުމުގެ ފުރަތަމަ މަރުހަލާ އަކީ ކަނޑައަޅާ ބިމަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުން ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
"އެއަށްފަހު އީއޯއައި ހުށަހެޅި ފަރާތްތަކުން، ބިޑް ކުރުމަށް ހުޅުވާލެވޭނެއެވެ. އަދި ބިން ގަތުމުގެ ފުރުސަތު ދީފައި ވަނީ ބިޑް ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ނިމޭއިރު އެންމެ މަތީ އަގު ހުށަހަޅާ ފަރާތަށެވެ" އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ ބިން ގަތުމަށް އީއޯއައި ހުށަހަޅަން ޖެހޭނީ އިއުލާންކޮށްފައިވާ ބިމުގެ ބޭސް ރޭޓަށް ވުރެ ދަށް ނޫން އަގެއްގައި ކަމަށެވެ. ބިމުގެ ބޭސް ރޭޓު ކަނޑައަޅާނީ އެޗްޑީސީގެ ބޯޑު މެންބަރުން ކަމަށް އެޗްޑީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު