އެމްއެޗް 370 ހޯދުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފިއެވެ.

މީގެ 10 އަހަރު ކުރިން ގެއްލުނު މެލޭޝިއަން އެއާލައިންސް ފްލައިޓު އެމްއެޗް 370 ހޯދުމުގެ މަސައްކަތް އަލުން ފަށައިފައިވާކަން އިއުލާނުކުރެއްވީ މެލޭޝިއާގެ ޓްރާންސްޕޯޓު މިނިސްޓަރު އެންތޮނީ ލޯކް އެވެ.

ބޮއިން777 މަރުކާގެ އެ ފްލައިޓު ގެއްލިފައިވަނީ 227 ފަސިންޖަރުންނާއި 12 ފަޅުވެރީންނާއެކު ކުއަލަލަމްޕޫރުން ބެއިޖިން އަށް ދަތުރުކުރަނިކޮށް 2014 ވަނަ އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހުއެވެ.

މެލޭޝިއާގެ ޓްރާންސްޕޯޓު އިއްޔެ ވިދާޅުވީ އިންޑިއާ ކަނޑުގެ ދެކުނުގެ ސަރަަހައްދު ބެލުމުގެ މަސައްކަތް އެކަމަށް ހާއްސަ ކުންފުންޏެއް މެދުވެރިކޮށް ފަށާފައިވާކަމަށެވެ.

އޯޝަން އިންފިނިޓީ ނަމަކަށް ކިޔާ އެ ކުންފުންނީގެ މަސައްކަތުން އެ ފްލައިޓު ފެނިއްޖެ ނަމަ 70 މިލިއަން އެމެރިކާ ޑޮލަރު އެކުންފުންޏަށް ދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް މިނިސްޓަރު އެންތޮނީ ވިދާޅުވެފައިވެއެވެ.