ރަޝިޔާއިން ޔޫކްރޭނުގެ ހަކަތަ އުފައްދާ ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

ރަޝިޔާއާއި ޔޫކްރޭނުގެ ހަނގުރާމަ ހަރުފަތަކަށްފަހު ހަރުފަތެއް ކަޑައްތު ކުރަމުންދާއިރު މިއަހަރު ތެރޭ މިހާތަނަށް ރަޝިޔާއިން ވަނީ ޔޫކްރޭނުގެ ހަކަތަ އުފައްދާ ތަންތަނަށް ވަރުގަދަ 12 ހަމަލާއެއް ދީފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮފިޝަލުން ވަނީ ޔޫކްރޭނުގެ ހުޅަނގުން އޮންނަ ހަކަތަ އުފައްދާ ފެސިލިޓީތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށް ބުނެފައެވެ. މިއީ ނުރައްކާތެރި އަދި އެ ހަމަލާތަކުގެ ސަބަބުން އެގައުމުގެ އާންމުން އަސާސީ ހިދުމަތްތަކުން މަހުރޫމުވެދާނެ ފަދަ ހަމަލާތަކެއް ކަމަށް އޮފިޝަލުން ބުނެއެވެ.

ރަޝިޔާއިން ޔޫކްރޭނަށް މިހާތަނަށް 200 އަށްވުރެ ގިނަ ޑްރޯން ހަމަލާ ދީފައިވާއިރު އޭގެތެރެއިން 81 ހަމަލާ ހުއްޓުވައި ރޮކެޓުތައް ގޮއްވާލާފައިވާކަމަށް ޔޫކްރޭނުން ބުނެއެވެ.

ޔޫކްރޭނުގެ މޫސުން ބަދަލުވެ ފިނި މޫސުމާ ކުރިމަތިވެފައިވާއިރު ރަޝިޔާއިން ޔޫކްރޭނަށް މިހާރު ދެމުންދާ ހަމަލާތަކުގެ ސަަބަބުން އެގައުމުގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް އޮފިޝަލުން ބުނެއެވެ.