އިނގިރޭސިވިލާތުގެ ލަންޑުނުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ވެސްޓްހަމްގެ ފޯވަޑް މިޝޭލް އެންޓޯނިއޯއަށް ބޮޑެތި އަނިޔާތަކެއްވެއްޖެއެވެ.
މިރޭ ވެސްޓްހަމްއިން ނެރުނު ބަޔާނެއްގައި ބުނީ ނުރައްކާތެރި އެކްސިޑެންޓެއްގައި އެ ކްލަބުގެ ފޯވަޑް އެންޓޯނިއޯއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، މިއީ އާއިލާއާއި އެ ކްލަބަށްވެސް އުނދަގޫ ވަގުތެއް ކަމަށެވެ. އަދި މިފަދަ ހާލަތެއްގައި އެންމެ ފުރަތަމަ ކަމަކަށް އާއިލާއާއި އެންޓޯނިއޯއަށް ފުރިހަމަ އިހުތިރާމް ދިނުމަށްވެސް އެދިފައިވެއެވެ.
އެ ކްލަބުން ބުނީ އެންޓޯނިއޯގެ ހާލަތު އެންމެ ރަނގަޅު ނޫން ނަމަވެސް، މިހާރު އޮތީ ސްޓޭބަލް ހާލަތެއްގައި ކަމަށެވެ. ލަންޑަން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އިރު، ކައިރިން ހުރިހާ ކަމެއްވެސް ބަލަމުންދާ ކަމަށްވެސް ކްލަބުން ބުންޏެވެ.
އެންޓޯނިއޯގެ އެކްސިޑެންޓް ހިނގީ މިއަދުގެ ވަގުތެއްގައެވެ. އެއީ ލަންޑަންގެ އެސެކްސް ސަރަހައްދުގައެވެ.
އުމުރުން 34 އަހަރުގެ އެންޓޯނިއޯ ވެސްޓްހަމްއާ ގުޅިފައި ވަނީ 2015 ވަނަ އަހަރުއެވެ. އެއި ނޮޓިންހަމް ފޮރެސްޓުންނެވެ. އޭނާ ވަނީ މިހާތަނަށް އެ ކްލަބަށް 68 ގޯލު ޖަހައިދީފައެވެ. އެއީ 268 މެޗުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު