މޭގަން މާކަލް އާއި ޕްރިންސް ހެރީ މި އަހަރު އެކުގައި އާންމުންގެ ކުރިމަތީގައި ފެނިފައިވަނީ ވަރަށް މަދު ފަހަރަކު ކަން ފާހަގަކުރެވެއެވެ. ރޯޔަލް މާހިރަކާ ހަވާލާދީ "ދަ މިރަރ ޔޫއެސް" ގެ ރިޕޯޓެއްގައި ވާގޮތުގައި މި ދެބޭފުޅުން މިހާރު އިސްކަންދެއްވަނީ އަމިއްލަ ކެރިއަރު އަދި އެހެންމީހުނަށް ހެޔޮއެދިވަޑައިގެން މަސައްކަތްތައް ކުރެއްވުމަށެވެ. އޭގެ ސަބަބުން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ފެއަށް ވަޑައިގެންނެވީ ކަމަށް ރިޕޯޓު ބުނެއެވެ.
އެބޭފުޅުންގެ އަމިއްލަ މަގުސަދުތަކާއި ލަނޑުދަނޑިތައް ހާސިލުކުރެއްވުމުގެ މަސައްކަތް ފަށައިފި. މީގެ ކުރިން މޭގަން ތަގުރީރެއް ދެއްވާއިރު ހެރީ ހުންނަވަނީ ފަހަތުގައި އިށީނދެވަޑައިގެން އޭނާއަށް ބައްލަވަން. މިހާރު އަޅުގަނޑުމެންނަށް ފެންނަނީ އެއަށްވުރެ ތަފާތު މަންޒަރެއް. މިއީ ގަސްތުގައި ކުރައްވާ ކަމެއްތޯ ނުވަތަ ނޫންތޯ ބުނާކަށް ނޭނގެ. އެބޭފުޅުންގެ ވަޒީފާގެ ގޮތުންނާއި އާންމު ދިރިއުޅުއްވުމުގައި ދުރުވާ ވަރަކަށް، ކައިވެނީގެ ގުޅުން ހަނިވާކަން ފާހަގަވާނެ." ރިޕޯޓުގައި ބުނެފައިވެއެވެ.
މިއަހަރު، ކުރީގެ އަހަރުތަކާ އަޅައިބަލާއިރު ހެރީ އާއި މޭގަން އެކުގައި ފެނިފައިވަނީ ވަރަށް މަދު ފަހަރަކުއެވެ. އެމީހުން ފުރަތަމަ އެކުގައި ފެނުނީ ކުޑަކުދީންގެ އޮންލައިން ރައްކާތެރިކަމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދެއްކުމަށް ނެރުނު ވީޑިއޯ މެސެޖެއްގައެވެ. އަދި ދެވަނަ ފަހަރަށް ފެނުނީ އޯގަސްޓް މަހު ކޮލޮމްބިއާއަށް ކުރެއްވި ދަތުރުގައެވެ. ދެމެދުގައި ހުރި ގުޅުންތަކުގެ ކަންބޮޑުވުންތައް ހުއްޓާ، "ހެރީ - ދަ ލޮސްޓް ޕްރިންސް" ގެ ނަމުގައި އާ ޖަރުމަނު ޑޮކިއުމެންޓަރީއެއް ރިލީޒްކުރެވުނެވެ. މި ޑޮކިއުމެންޓަރީގައި ފެނިގެންދިޔައީ މި ދެމަފިރިން ރަސްކަމުގެ ވާޖިބުތަކުން ދުރުވުމަށްފަހު ކެލިފޯނިއާގެ މޮންޓެސީޓޯގައި އުޅުއްވާ ދިރިއުޅުއްވުމެވެ.
ހެރީ އާއި މޭގަން 2020 ވަނަ އަހަރު ރަސްކަމުގެ ވާޖިބުތަކުން ދުރުވެވަޑައިގެންނެވިއެވެ. މިކަމާ ގުޅިގެން މި ދެމަފިރިންނާއި ޝާހީ އާއިލާއާ ދެމެދު ހިޔާލުތަފާތުވުން އުފެދުނެވެ. ޝާހީ އާއިލާއާ ބެހޭގޮތުން ހެރީ ނެރުއްވި ކޮންޓްރޮވާޝަލް ފޮތް "ސްޕެއަރ" ޝާއިއުކުރުމުން އެ އާއިލާއާއެކު އޮތް ގުޅުން އިތުރަށް ގޯސްވެގެން ދިޔައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ