އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުމަށް އިނގިރޭސި ޕްރިމިއާ ލީގުން ހިންގަމުންދާ ހާއްސަ ކެމްޕޭނުގައި ބައިވެރިވުމަށް އިޕްސްވިޗް ޓައުންގެ ކެޕްޓަން، މިސްރުގެ ސޭމް މޯސީ ދެކޮޅު ހަދައިފިއެވެ.
އިނގިރޭސި ލީގުގައި އެއް ޖިންސުން ޕްރޮމޯޓް ކުރުން އިންތިހާއަށް އިތުރުވެ، އޭގެ ސަބަބުން މުސްލިމް ކުޅުންތެރިންނަށް އެކިއެކި ފިއްތުންތަކާ ކުރިމަތިވެފައިވެއެވެ. މިހާރު "ރެއިންބޯ ލޭސަސް" ގެ ނަމުގައި ބޮޑު ޕްރޮޕެގެންޑާ ކެމްޕޭނެއް ފަށާފައިވާ އިރު، އެ ކެމްޕޭނުގެ ދަށުން ކެޕްޓަނުން އަޅަމުންދަނީ ވިއްސާރަ ދުނީގެ ކުލަތައް ހިމެނޭ ކެޕްޓަން ބޭންޑެވެ.
އެ ގޮތަށް އެކަން ނިންމާފައިވާ ނަމަވެސް، މިދިޔަ ހަފުތާގައި އިޕްސްވިޗްގެ ކެޕްޓަން މޯސީ ބޭނުންކުރީ އާއްމުކޮށް ޕްރިމިއާ ލީގުގައި ބޭނުންކުރާ ކެޕްޓަން ބޭންޑެވެ.
އުމުރުން 33 އަހަރު މޯސީއަކީ އާއްމުކޮށް ބޭނުންކުރާ ކެޕްޓަން ބޭންޑް ބޭނުންކުރި ހަމައެކަނި ކެޕްޓަނެވެ.
މޯސީ، ވިއްސާރަ ދުނީގެ ކުލަތައް ހިމެނޭ ކެޕްޓަން ބޭންޑް ނޭޅުމުގައި މައްސަލައެއް ނެތް ކަމަށް ލީގުން ވަނީ ބުނެފައެވެ. އެއީ އެ ބޭންޑް އެޅުމަކީ މަޖުބޫރު ކަމަކަށް ނުވެފައި، އެއީ ކެޕްޓަނުން އަމިއްލަ އިހުތިޔާރުގައި ކުރަން އޮންނަ ކަމަކަށްވާތީއެވެ.
އެކަމުގައި އިޕްސްވިޗުން ބުނީ އެޓީމުގެ ކެޕްޓަން މޯސީއަކީ މުސްލިމެއް ކަމަށާއި އިސްލާމް ދީނުގައި އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރު ނުދެވޭނެ ކަމަށެވެ. އަދި އެ ކްލަބުން މޯސީގެ ނިންމުން ބަލައިގަންނަ ކަމަށްވެސް ބުނެފައިވެއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު