މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަންހެނުންނަށް ހާއްސަ އެޕެރެންޓިސްޝިޕް ޕްރޮގްރާމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.
ޔޫތު މިނިސްޓްރީ އާއި އެމްޕީއެލް ގުޅިގެން މިއަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، އަންހެނުންނަށް ހާއްސަ އެޕެރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު ކުރިން އޮތީ މިދިޔަ މަހުގެ 28ގެ މެންދުރުފަހު 2:00ގެ ނިޔަލަށް ހަމަވާ ގޮތަށެވެ. ނަމަވެސް މިހާރު އެ މުއްދަތު ވަނީ އިތުރުކޮށް، އަންނަ ހަފުތާގެ އާދިއްތަ ދުވަހުގެ މެންދުރުފަހު 2:00 ގައި ހަމަވާ ގޮތަށް ހަމަޖައްސައިފައެވެ.
އެ ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް ކޮންމެ މަހަކު 5000 ރުފިޔާގެ އެލަވަންސެއް ހަމަޖައްސައިދޭނެ ކަމަށާއި ޕްރޮގްރާމްގެ މުއްދަތަކީ ހަ މަސް ދުވަސް ކަމަށް އެމްޕީއެލުން ބުންޏެވެ.
އެ ކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ޖީސީއީ އޯލެވެލް އިމްތިހާނުން މަދުވެގެން ތިން މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ހިމެނެއެވެ. އެ ކޯހުގައި ތަމްރީނުދިނުމަށް ހަމަޖެހިފައިވަނީ ހަތް ދާއިރާއަކުންނެެވެ.
އޭގެ ތެރެއިން ވެލްޑާ އެޕްރެންޓިސްއަށް ހުޅުވައިލި ހަތަރު ފުރުސަތާއި ކާޕެންޓާ އެޕްރެންޓިސްއަށް ހުޅުވައިލި ދެ ފުރުސަތުގެ ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކަކީ ގްރޭޑް އަށެއް ނިންމާފައިވުމާއި އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުމެވެ.
- މެރިން މެކޭނިކް - (މެރިން އިންޖިނިއަރިން)
- އިލެކްޓްރީޝަން - (އިލެކްޓްރިކަލް އިންޖިނިއަރިން)
- މެކޭނިކް - (ވެހިކަލް ރިޕެއާ)
- އެއާ ކޮންޑިޝަނިން އެންޑް ރެފްރިޖަރޭޝަން
ޚަބަރު
ޚަބަރު
ޚަބަރު