އޮސްޓްރޭލިއާގައި 2.3 ޓަނުގެ ކޮކޭން އަތުލައިގަނެ 13 މީހަކު ހައްޔަރުކޮށްފިއެވެ.

އޮސްޓްރޭލިއާގެ ފެޑަރަލް ޕޮލިސް އިން އިއްޔެ ހިންގި އެ އޮޕަރޭޝަނެއްގައި އަތުލައިގަނެފައިވާ 2.3 ޓަނުގެ ކޮކޭންގެ މަގުމަތީ އަގު 494 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

އޮސްޓްރޭލިއާގެ ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެތެރެއިން 11 މީހެއްގެ މައްޗަށް ދައުވާ އުފުލަން ފޮނުވާފައިވާ ކަމަށް ބުނެފައެވެ.

މި އޮޕަރޭޝަން ގައި ވަނީ ހަ މަސް ބޯޓެއް ޓްރެކް ކޮށްފައެވެ. އަދި އެމީހުން ދަތުރުކުރި މައި ބޯޓަށް ދަތުރުކޮށް އެނބުރި އެ ގައުމުގެ ކުއީންސްލޭންޑަށް ދަތުރުކުރަނިކޮށް ހިފަހައްޓާފައެވެ.

އެބޯޓުގެ މައުލޫމާތު އިންޓެލިޖެންސަށް ލިބިފައިވަނީ މީގެ ކުރިން އެ ގައުމުގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންގެ ފަރާތުން ހޯދައިފައިވާ މައުލޫމާތުތަކުން ކަަމަށް އޮފިޝަލުން ބުނެއެވެ.