މަންމަ އާއި ކޮއްކޮއަށް ވަޅިން ހަމަލާ ދޭނެ ކަމަށް ބުނެ އިންޒާރު ދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ މުހައްމަދު ޝަފީގު، ވ. ހުވަފެން، 32އ. އެވެ.

ކުރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވާ ގޮތުން އޭނާގެ ކޮޓަރިން ދެ ވަޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އިންޒާރު ދިނީ އޭނާގެ ބުނުމަށް މަންމަ އާއި ކޮއްކޮ ފައިސާ ނުދިނުމުންނެވެ.

ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް ދީފައެވެ.