ސިނަމާލެ ޕާކިން ޒޯންގައި ޕާކު ކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ބުރުޒު މަގުގައި ހުންނަ ސިނަމާލެ 1 ޕާކިން ޒޯންގައި ޕާކު ކޮށްފައި އޮތް ކާރެއްގައި މި މަހުގެ 25 ވަނަ ދުވަހުގެ 18:25 އެހާކަން ހާއިރު އަލިފާން ރޯކޮށްލާފައިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، މ. އަރާކުރި، ހާލިދު މަހުމޫދު 35އ އާއި އދ. މާމިގިލީ، ބުލޫވިންޑް، ހަސަން ނަސީމް 31އ އެވެ.
ފުލުހުން މިއަދު ބުނީ އެ ދެ މީހުންގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު