ތައިލެންޑުގެ ދެކުނުގެ ސަރަހައްދުގައި ފެންބޮޑުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެއެވެ.
ތައިލެންޑުގެ ދެކުނުގެ ސަރަހައްދަށް ހުއްޓުމެއް ނެތި ތިންދުވަހު ވާރޭވެހިފައިވާއިރު އެ ސަރަހައްދުގައި ފެންބޮޑުވެ ހިނގާފައިވާ ހާދިސާތަކުގައި އެކަކު މަރުވެފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ތައިލެންޑުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައިވެސް އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށާއި އެކަމަށް ސަމާލުވުމަށް އަންގާފައެވެ.
ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައިލެންޑުގެ ސިފައިންނާއި ވޮލެންޓިއަރުން ހިމެނޭހެން ބޮޑު ޓީމެއް އެ ސަރަހައްދުތަކަށް ފޮނުވާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ތައިލެންޑަށް ވިއްސާރަ މޫސުމާ ހުރިމަތިވެފައިވާއިރު އެގައުމަށް އާދަޔާ ހިލާފަށް ވާރޭވެހި ފެންބޮޑުވާން ފަށާފައި މިވަނީ މޫސުމަށް އައިސްފައިވާ ކުއްލި ބަދަލުގެ ސަބަބުން ކަމަށް ސައިންސުވެރިންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ