އަންހެނެއްގެ އެފްބީ އެކައުންޓް ހެކް ކޮށްގެން އޭނާގެ ނަމުގައި ފައިސާ ހޯދާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ބުނީ، އަންހެނެއްގެ ފޭސްބުކް އެކައުންޓް ހެކްކޮށްގެން އެ އަންހެންމީހާގެ ނަމުގައި އެހެންމީހުނަށް ގުޅައިގެން، ފައިސާ ހޯދަމުންދާ މި މައްސަލަ ރިޕޯޓު ކުރީ އިއްޔެ ކަމަށެވެ.

އެކި ކަހަކަ މެއިލްތައް ކޮށްގެންނާއި ކޯޑުތައް ފޮނުވައިގެންނާއި އެ ނޫން ގޮތްގޮތުންވެސް މީހުންގެ އެކައުންޓްތައް ހެކް ކުރުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އާންމު ވެފަ އެވެ. އެ ކަންކަމަށް ސަމާލުވުމަށް ކަމާ ގުޅުން ހުރި އިދާރާތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމްލާސް ކުރަމުންނެވެ.