ލަވަކިޔުންތެރިޔާ އަދި ލަވަ ލިޔުންތެރިޔާ އެލްޓަން ޖޯންގެ ކަނާތު ލޮލުގެ ފެނުން ގެއްލިއްޖެއެވެ.

ޕީޕަލް މަޖައްލާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެލްޓަން ޖޯންގެ ކަނާތު ލޮލުގެ ފެނުން ގެއްލުނީ މިދިޔަ ޖުލައި މަހު ފްރާންސްގެ ދެކުނުގައި އުޅެނިކޮށް ޖެހުނު ލޮލުގެ އިންފެކްޝަނެއްގެ ސަބަބުންނެވެ.

އަންނަން އޮތް އާ އަލްބަމްއާ ގުޅޭ ގޮތުން ވާހަކަދައްކަމުން އެލްޓަން ޖޯން ބުނީ، އެެއްވެސް މަސައްކަތެއް ނުކުރާތާ ވަރަށް ދުވަސް ވެއްޖެ ކަމަށެވެ.

އަދި ވާތު ލޮލަށްވެސް ރަނގަޅަށް ނުފެންނާތީ ލަވައިގެ ލިރިކްސް ކިޔުމަށް ނުވަތަ އެއްވެސް އެއްޗެއް ބެލުމަށް ދަތި ކަމަށާއި ނަމަވެސް އޭނާ އެކަން ރަނގަޅުކުރަން މަސައްކަތް ކުރަން ފަށާފައިވާ ކަމަށް ބުންޏެވެ.