ދެކުނު ކޮރެއާގައި ސިފައިންގެއަށް ނުވަންނާން ވެގެން ފަލަވާން މަސައްކަތް ކުރި މީހަކަށް ކޯޓުން އަދަބު ދީފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 26 އަހަރުގެ އެ މީހާ ވަނީ އޭނާގެ ފިޒިކަލް ޓެސްޓު އޮންނަ ދުވަހާ ކައިރިކޮށް އާދަޔާ ހިލާފަށް ކައި ބަރުވެ ފަލަވުމަށް މަސައްކަތްކޮށްފައެވެ.

ތަހުގީގުން ހޯދިފައިވާ މައުލޫމާތުތަކަށް ބަލައި އެ ގައުމުގެ ކޯޓުން ނިންމީ އެ މީހާ އިސްކޮޅަށްވުރެ ބަރު ކަމަށް ފާހަގަވެފައިވާތީ އޭނާ ސިފައިންގެ ނޫން ތަނެއްގައި މަސައްކަތް ކުރުމަށް ފުރުސަތު ދިނުމަށް ނިންމައިފައެވެ. ނަމަވެސް އޭނާ މަކަރު ހެދުމުގެ ސަބަބުން ހިދުމަތް ކުރަންޖެހޭ މުއްދަތު އިތުރު އެއް އަހަރަށް އިތުރުކުރަން ކޯޓުން ނިންމިއެވެ.

އަދި އޭނާ އާއެކު އެކަމުގައި ޝާމިލުވާކަމަށް ބެލެވޭ މީހަކަށްވެސް ކޯޓުން ވަނީ ހަ މަސް ދުވަސް ހިދުމަތް ކުރުމަށް އަމުރުކޮށްފައެވެ.

ދެކުނު ކޮރެއާގެ ގާނޫނުގައި ބުނާ ގޮތުން އެ ގައުމުގެ ދުޅަހެޔޮ ކޮންމެ ފިރިހެނަކުވެސް އެމީ ހެއްގެ އުމުރުން 18 އަހަރުވުމާއެކު އެ ގައުމުގެ އަސްކަރިއްޔާގައި މަދުވެގެން 18 މަސް ދުވަހު މަސައްކަތް ކުރަން ޖެހޭނެއެވެ.