ވެނަޒުއޭލާގެ ސަލާމަތީ ބާރުތައް ނުކުމެ އެ ގައުމުގައި ހުންނަ އާޖެންޓީނާގެ އެމްބަސީ ވަށާލައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން، ވެނަޒުއޭލާގެ ސަލާމަތީ ބާރުތަކުން ހަތިޔާރާއެކު އާޖެންޓީނާ އެމްބަސީ ވަށާލާފައިވަނީ އެ ގައުމުގެ އިދިކޮޅު އިސް ލީޑަރުން ހިމެނޭ ގޮތަށް ހަ މީހަކު އެ އެމްބަސީގެ ތެރޭގައި ހިމާޔަތް ހޯދައިގެން ތިބުމުންނެވެ.
މި އަހަރުގެ މާޗު މަހުން ފެށިގެން އެމްބަސީގައި ހިމާޔާތް ހޯދަމުން އަންނަ އެ ގައުމުގެ އިދިކޮޅު ޕާޓީގެ އިންޓަނޭޝަނަލް ކޯޑިނޭޓަރު ޕެޑްރޯ އުރްޗާޓޫ އާއި ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ވަނީ އެމްބަސީގައި ސިފައިން ވަށާލައި މަގުތައް ބަންދުކޮށްފައިވާ ކަމަށާއި އެމްބަސީ މަތިން ޑްރޯންތައް ބޭނުންކޮށްގެން ބަލަމުން އަންނަ ކަމަށެވެ.
ވެނަޒުއޭލާގައި ހުންނަ އާޖެންޓީނާގެ އެމްބަސީ ހިމެނޭ ސަރަހައްދުގެ ފޯނު ސިގްނަލްތައްވެސް ޖޭމްކޮށް ހިދުމަތް ނުލިބޭ ގޮތް ހަދާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ވެނަޒުއޭލާގައި މި އަހަރުގެ ކުރީކޮޅު ބޭއްވި ރިޔާސީ އިންތިހާބަށްފަހު އެ ގައުމުގެ ދާހިލީ ހަމަނުޖެހުން ބޮޑުވެ އިދިކޮޅު ފަރާތްތަކުން ވަނީ ގައުމުދޫކޮށް ދާންވެސް ފަށައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ