ދިރާގު ވިން އަ ސްޕިޑްބޯޓް ޕްރޮމޯޝަނާ އެކު ކޮންމެ މަހަކު ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފިއެވެ.
ދިރާގުން ލޯންޗުކުރި މި ހާއްސަ ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މުޅިން އާ އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓަކާއި ޔަމަހާ އައުޓްބޯޑް ދެ އިންޖީނު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެ ޕްރޮމޯޝަންގެ ހާއްސަ އިނާމުގެ އިތުރުން ޕްރޮމޯޝަންގެ އެންރޯލްމަންޓް މުއްދަތުގެ ތެރޭގައި ކޮންމެ މަހަކުވެސް ހާއްސަ އިނާމެއް ލިބޭނެއެވެ. އެ އިނާމުތަކުގެ ތެރޭގައި ގޯ ޕްރޯ ހީރޯ 12، ސްޕޯޓްސް ފިޝިންގް ގިއާ ސެޓް، ސުންޓޯ ޑީ5 ވޮޗް އަދި ޑީޖީއައި މިނީ އެސްއީ ފްލައި މޯ ކޮމްބޯ ހިމެނެއެވެ.
ދިރާގު ވިން އަ ސްޕީޑްބޯޓް ޕްރޮމޯޝަންގެ ބޮޑު އިނާމު ހޯދުމަށް އެންރޯލްވާ ހުރިހާ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންވެސް ކޮންމެ މަހަކު ކުރިއަށްދާ މި އިނާމު ލިބޭ ގުރުއަތުގައި އޮޓޮމެޓިކްކޮށް ބައިވެރިކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ. އެގޮތުން ދިރާގުން ވަނީ މިހާރު އެންރޯލްވި ކަސްޓަމަރުންގެ މެދުގައި ދެ ގުރުއަތު ނަގައި، ގޯ ޕްރޯ ހީރޯ 12 އަދި ސްޕޯޓްސް ފިޝިންގް ގިއާ ސެޓް ލިބޭ ނަސީބުވެރި ކަސްޓަމަރުން ހޮވައިފައެވެ.
ޕްރީޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ފައިބާ ބްރޯޑްބޭންޑް 30އެމް އަށް ވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް ދިރާގު ވިން އަ ސްޕިޑްބޯޓް ޕްރޮމޯޝަންގެ ގުރުއަތުގައި ބައިވެރިވާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލައިފައެވެ. އަދި ހާއްސަ [ޕޯޓަލް](/https://winaboat.dhiraagu.com.mv) މެދުވެރިކޮށް އަންނަ ޑިސެންބަރު 15ގެ 23:59 ކުރިން މި ޕްރޮމޯޝަންގައި ހުރިހާ ކަސްޓަމަރުންނަށްވެސް އެންރޯލްވެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު