ގޭގައި ހުންނަ ދުވަސްތަކުގައި ބޭނުންކުރެވޭ ވަރަށް ފަސޭހަ އަދި ރަނގަޅު ނަތީޖާ ލިބޭ ސްކިންކެއާހެކެއް ކަރީނާ ކަޕޫރު ބޭނުންކުރެއެވެ. އޭނާ ބުނިގޮތުގައި އަލްމަންޑް ތެލާއި ޔޯގަޓް އެއްކޮށްގެން ބޭނުންކުރުމަކީ ހަން ހިކުމަށް އޭނާ ގޭގައި ދޭ ފަރުވާއެވެ.
ވޯގް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ކަރީނާ ބުނެފައިވަނީ، ގޭގައި ހުންނަ ދުވަހެއް ނަމަ، ގައިގައި އަލްމަންޑް ތެޔޮ ހާކާ ކަމަށެވެ. އެއާއެކު ޔޯގަޓް އެއްކޮށްގެން ބޭނުންކުރުމަކީ މޫނަށްވެސް ވަރަށް ރަނގަޅު އެއްޗެއް ގޮތެއް ކަމަށާއި ހާއްސަކޮށް ހަންގަނޑު ހިކި ނަމަ، މިއީ ވަރަށް ރަނގަޅު ފަރުވާއެއް ކަމަށްވެސް ބުންޏެވެ. މި ދޭތި އެއްކޮށްލައިގެން ބޭނުންކުރުމުން ހަމަށް ދިރުން ލިބި އަދި ހަންގަނޑު މަޑުކޮށްދީ އުޖާލާވާ ކަހަލަ ނަތީޖާއެއް ލިބޭނެ ކަމަށާއި މީގެ ސަބަބުން ހަން އޮމާންވެ ހަމަށް އާ ދިރުމެއްވެސް ލިބިގެންދާ ކަމަށް ކަރީނާ ބުންޏެވެ.
މީގެ އިތުރުން ކަރީނާ ބުނީ، ރީތިކޮށް ހުރުމަށް ޓަކައި ހަމަ އެކަނި ފަރުވާތަކުން ނުފުދޭ ކަމަށާއި ދިރިއުޅުމުގެ އުފާވެރިކަމަކީވެސް މުހިންމު ބައެއް ކަމަށެވެ. ކަޕޫރު އާއިލާގެ މެންބަރުންގެ މެދުގައި އޮންނަ އުފާވެރި ކަމާއި ގުޅުންތެރިކަމާއި ހުނުމާއި މަޖާކުރުމަކީވެސް ރީތި ކަމަށް އެހީތެރިވެދޭ މުހިންމު ބައެއް ކަމަށް އޭނާ ބުންޏެވެ.
ކަރީނާގެ ފިރިމީހާ ސައިފް އަލީ ޚާންގެ ސްކިންކެއާ އާދަތަކާ ބެހޭގޮތުން ސުވާލުކުރުމުން، ސައިފް ސްކިންކެއާ ޕްރޮޑަކްޓްތަކަށް ކުރާ ލޯތްބާ މެދު ކަރީނާ ތައުރީފުކުރިއެވެ.
މުމްބާއީގެ ޖިއޯ ވޯލްޑް ޕްލާޒާގައި ހުޅުވި ޓީރާ ބިއުޓީ ފިހާރަ ހުޅުވުމެ ހަފުލާގައި ކަރީނާ ބުނެފައިވަނީ، ނިދަން އޮށޯންނަ ވަގުތުގެ އާދަތަކަށް ސައިފު ވަރަށް ސަމާލުކަން ދޭ ކަމަށެވެ. ސައިފް އޭނާގެ ސްކިން ޕްރޮޑަކްޓްތަކަށް ވަރަށް ލޯބިކުރާ ކަމަށާއި ނިދަން އޮށޯންނަ ވަގުތު މޮއިސްޗަރައިޒް ކުރުމަށް އޭނާ ހާއްސަ ޝައުގުވެރިކަމެއް ހުންނަ ކަމަށް ވެސް ބުންޏެވެ.
ކަރީނާ ބުނީ ސައިފަކީ ހަމުގެ ފަރުވާތަކަށް ވަރަށް ސަމާލުކަން ދޭ މީހެއް ކަމަށާއި ގަވައިދުން ކަންކުރާ މީހެއްކަމަށެވެ. އަދި އޭގެ ނަތީޖާ ވެސް އޭނާގެ ކިބައިން ފެންނަން ހުންނަ ކަމަށެވެ. އޭނާގެ އުޖާލާވެފައިވާ، ރީތި ސިފަތަކަކީ އޭނާ އެފަދަ އާދަތަކަށް ދޭ ސަމާލުކަމުގެ ހެއްކެއް ކަމަށެވެ.
ކަރީނާގެ އަމިއްލަ ސްކިންކެއާ އުސޫލުތަކަކީ ސާދާ ނަމަވެސް ނަތީޖާ ރަނގަޅު އުސޫލުތަކެކެވެ. އޭނާ އަބަދުވެސް އަމަލުކުރާ އޭނާގެ އެންމެ މުހިންމު ތިން ސްކިން ކެއާ ގަވައިދު އޭނާ ހިއްސާކޮށްފައިވެއެވެ:
- ރޭގަނޑު ނިދުމުގެ ކުރިން ރަނގަޅަށް މޭކަޕް ފިލުވައި މޫނުދޮވުން
- ކޮންމެ ދުވަހަކު މަދުވެގެން ތިން ލީޓަރު ފެން ބުއިން
- އަބަދުވެސް މޮއިސްޗަރައިޒާ ބޭނުންކުރުން އަދި އަތްފޯރާ ފަށުގައި ގެންގުޅުން
ކަރީނާ ބުނި ގޮތުގައި ހައިޑްރޭޝަން އަކީ އުޖާލާ ހަމެއް ލިބުމުގެ މައިގަނޑު ސިއްރެވެ. އަދި ދުނިޔޭގެ ކޮންމެ ތަނެއްގައި ހުއްޓަސް އޭނާ ހަށިގަނޑު ރަނގަޅަށް ހައިޑްރޭޓް ކުރާކަމަށެވެ.
އޭނާ އިތުރަށް ބުނީ ބިހިތަކަށް އޭނާ ބޭނުންކުރާ ފަރުވާއަކީ ދަތް އުނގުޅާ ބިހި ކަމަށެވެ. މި ބޭސް ބިހި ނުކުމެފައިވާ ތަންތަނުގައި އުނގުޅައިގެން އަވަސް ނަތީޖާ ހޯދޭ ކަމަށް އޭނާ ބުންޏެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް