ގައުމީ ހޭންޑްބޯލް މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ރެޑް ހޯކްސް ހޯދި އިރު، ފިރިހެން ފުރަތަމަ ޑިވިޝަނުގެ ތަށި ޖީބީ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
އަންހެން ޑިވިޝަނުގެ ތަށި ރެޑް ހޯކްސްއިން ހޯދީ އެންމެފަހުން ދެ އަހަރުގެވެސް ޗެމްޕިއަން ޓީމު، އޮރިކްސްއާ ވާދަކޮށްގެންނެވެ. ފައިނަލުގައި ރެޑް ހޯކްސްއިން މެޗު ކާމިޔާބުކުރީ 24-29 އިންނެވެ.
މިއަހަރު މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަނުގައި ތިން ޓީމުން ވާދަކުރި އިރު، ރޮބިން ރައުންޑް ދެ ބުރެއް ވަނީ ކުޅެފައެވެ. އޮރިކްސްއާއި ރެޑް ހޯކްސް ލީގު ބުރުގައި ދެ މެޗު ކުޅުނު އިރު، އެއް މެޗު ކާމިޔާބުކުރީ އޮރިކްސްއެވެ. އަނެއް މެޗު ކާމިޔާބުކުރީ ރެޑް ހޯކްސްއެވެ.
ރޭ ކުޅުނު އަންހެން ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ރެޑްހޯކްސްގެ ފާތިމަތު ޖުނާއެވެ.
- މަރިޔަމް ލީން/ އޮރިކްސް
- ރަފާހާ އިބްރާހީމް/ އޮރިކްސް
- ޒުލޭހާ އިބްރާހީމް/ އޮރިކްސް
- ފާތިމަތު އަރްފާ/ އޮރިކްސް
- ޒުހާ ހުސައިން/ އޮރިކްސް
- ފާތިމަތު ޖުނާ/ ރެޑް ހޯކްސް
- ރިޒްނާ އިބްރާހީމް/ އެސްޖީސީ
ފިރިހެން ޗެމްޕިއަންކަން ޖީބީ ސްޕޯޓްސް ކްލަބުން ހޯދީ ފޯރިގަދަ ފައިނަލުގައި 34-35 ގޯލުން ފިއުޗާ ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ.
ޖީބީއާއި ފިއުޗާ ލީގު ބުރުގައި ކުޅުނު މެޗުތައްވެސް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ލީގު ބުރުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވީ ފިއުޗާއެވެ. އަނެއް މެޗުން މޮޅުވީ ޖީބީއެވެ.
ފިރިހެން ޑިވިޝަން ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ޖީބީ ސްޕޯޓްސް ކްލަބުގެ އަބްދުﷲ ނާޖީއެވެ.
- ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ހަތް ކުޅުންތެރިން
- މުސްތަފާ މުހައްމަދު/ ދިވެހި ސިފައިން ކްލަބު
- އަބްދުﷲ ޒަހުވާން/ ޖީބީ ސްޕޯޓްސް ކްލަބު
- މުހައްމަދު ފިރުޝާން/ ޖީބީ ސްޕޯޓްސް ކްލަބު
- އަހުމަދު އިނާޝް/ ޖީބީ ސްޕޯޓްސް ކްލަބު
- އަބްދުﷲ ނާޖީ/ ޖީބީ ސްޕޯޓްސް ކްލަބު
- ރާއިދު ރަޝީދު/ ފިއުޗާ ސްޕޯޓްސް ކްލަބު
- މުހައްމަދު ޔަޝްމު/ ފިއުޗާ ސްޕޯޓްސް ކްލަބު
ހޭންޑްބޯލް
ހޭންޑްބޯލް
ހޭންޑްބޯލް
ހޭންޑްބޯލް