އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ސުޓޫޑެންޓް ޔޫނިއަން ބީޗް ހޭންޑްބޯލް ފިއެސްޓާ 2026 ގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފައެވެ.
އައިޔޫއެމްއިން މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލާފައި ވަނީ ޔުނިވަސިޓީތަކަށާއި ކޮލެޖުތަކުގެ އިތުރުން ހަޔާ އެޑިއުކޭޝަން އިންސްޓިޓިއުޝަން އަދި ހަޔާ ސެކަންޑްރީ ސްކޫލްތަކަށެވެ. އައިޔޫއެމްއިން ބުނެފައި ވަނީ ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ފޯމު ފުރާލުމަށްފަހު ހުށަހެޅުމުން މުބާރާތުގައި ބައިވެރިވެވޭނެ ކަމަށެވެ.
މުބާރާތުގައި ބައިވެރިވާން އެންމެ ފަހު ތާރީހަކީ މިމަހުގެ 25 ވަނަ ދުވަހެވެ. މިއީ އައިޔޫއެމްއިން އިސްނަގައިގެން ކުރިއަށް ގެންދާ ދެވަނަ ބީޗް ހޭންޑްބޯޅަ މުބާރާތެވެ. އަދި މީގެ ކުރިން އައިޔޫއެމްއިން ވަނީ ހޭންޑްބޯޅަ މުބާރާތްތަކެއް ބާއްވައިފައެވެ.
މިފަހަރުގެ ބީޗް ހޭންޑްބޯޅަ މުބާރާތްވެސް އިންތިޒާމުކުރަން ހަމަޖެހިފައި ވަނީ ހޭންޑްބޯލް މޯލްޑިވްސްއާ ގުޅިގެންނެވެ.
އައިޔޫއެމްގެ ބީޗް ހޭންޑްބޯޅަ މުބާރާތް މީގެ ކުރިންވެސް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ބީޗް ހޭންޑްބޯޅައަކީ މިހާރު ރާއްޖޭގައި މަގުބޫލުވަމުން އަންނަ ކުޅިވަރެކެވެ. އަދި ހާއްސަކޮށް ބައިނަލްއަގުވާމީ މައިދާނުގައިވެސް ރާއްޖޭން ތަފާތު ދައްކަމުން އަންނަ ކުޅިވަރެކެވެ.
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
ކޮމެންޓް