ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، މިރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، އެ ދަތުރުފުޅުގައި ރައީސް ކުރައްވާ އިދާރީ މަސައްކަތްޕުޅުތަކުގެ ހަރަދާއި އާއިލާއާއި އަމިއްލަފުޅު ކަންކަންވެސް ހިމެނޭ ގޮތުން، މުޅި ދަތުރުފުޅުގެ ހުރިހާ ހަރަދެއްވެސް ކުރައްވާނީ ރައީސް އަމިއްލަފުޅަށް ކަމަށެވެ.

މިއީ ކިތައް ދުވަހުގެ ދަތުރުފުޅެއް ކަމެއް އަދި އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ކޮންއިރަކު ކަމެއް ރައީސް އޮފީހަކުން ނުބުނެއެވެ.